ޓެކްސީ ޑުރައިވަރަކަށް ހަމަލާދީ މިއަދު މާލޭގައި މާރާމާރީ ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހަވީރު އަލިކިލޭގެފާނު މަގުން ސައިކަލެއްގައި އައި ދެ މީހަކު، އެ މަގުންދިޔަ ޓެކްސީ އަކަށް ގެއްލުންދީ އެ ޓެކްސީ ޑްރައިވަރާއި މާރާމާރީ ހިންގައި ފިލާފައިވާ ކަމަށް ބުނެ މިއަދު ހަވީރު 16:36 ހާއިރު މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި ޓެކްސީ ޑުރައިވަރުގެ ލޯމަތީގައި ޖެހުމުގެ ސަބަބުން ލޯމަތި ރަތްވެފައިވާ ކަމަށާއި އަދި ޓެކްސީއަށް ހަމަލާދިނުމުގެ ސަބަބުން ޓެކްސީ ބަނޑިވެފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




