ފާރުގައި ޕާކު ކުރެވޭ، 3 ފުރޮޅު ލީ ކާރެއް!

ފާރުތަކުގައި ޕާކު ކުރެވޭގޮތެއް ފަރުމާކުރެވިފައިވާ 3 ފުރޮޅުލީ އާ ވައްތަރެއްގެ އިލެކްޓްރޯނިކް ކާރެއް ވުޖޫދަށް ގެނެސްފިއެވެ.

މި އާ ވައްތަރުގެ އިލެކްޓްރޯނިކް ކާރުގެ ނަމަކީ "ނޯބް 100"އެވެ. ނޯބަ 100 އަކީ ބަލައިލަންވެސް ވަރަށް ރީތި އަދި ހިތްގައިމު ކާރެކެވެ.

ނޯބް 100 އަކީ އެއްކޮށް ރީސައިކްލްވެސް ކުރެވޭ އަދި އަޕްގްރޭޑްވެސް ކުރެވޭނެ ކާރެކެވެ. މީގެ އިތުރުން މި ކާރު ފަރުމާކުރެވިފައިވަނީ، ދުނިޔޭގައި އެންމެ ގިނަ ދުވަހު ގެންގުޅެވޭނެ ކާރުގެ ގޮތުގައެވެ.

2 ގަޑިއިރުން ޗާޖުކުރެވޭ މި އިލްކެޓްރޯނިކް ކާރަކީ، ޗާޗުކުރުމަށްފަހު 160 މޭލަށް ދަތުރުކުރެވޭނެ ކާރެކެވެ. މި ކާރުގެ ބަރުދަނަކީ، 600 ކިލޯގްރާމްއެވެ. އަދި މި ކާރުގެ އެތެރޭގައި އެކްސްޕްރެސޯ މެޝިނެއްވެސް ހަރުކުރެވިފައިވެއެވެ.

"ނޯބް 100"ގެ އެންމެ ހާއްސަކަމަކީ، އެ ކާރުގެ "ގެކޯ ސްޓްއިލް"ގެ ޕާކިން ޓެކްނޮލޮޖީ ނިޒާމެވެ. މި ޓެކްނޮލިޖީއިން ޕާކިން ރިގްއެއް ބޭނުންކޮށްގެން ފާރުތަކުގެ ބިއްތަކުގައި ކާރު ޕާކު ކުރެވެއެވެ.

މި ކާރު އުފެއްދި ކުންފުނިން ހާމަކުރިގޮތުގައި، މި ޓެކްނޮލިޖީގެ އެހީގައި މަގުތަކުގައި ކާރުބާރުބޮޑުވުން ސަލާމަތްކޮށްދީ، މަގުތަކުގެ ހުސްތަން ބޮޑަށް ސަލާމަތްވާނެކަމަށެވެ.

މި ކާރު ބާޒާރަށް ނެރޭނެ ތާރީޙެއް އަދި އިއުލާންކޮށްފައިނުވިނަމަވެސް، ޑިސްކައުންޓް އަގެއްގައި ކާރު ޕްރީއޯޑާ ކުރެވޭނެއެވެ. މި ކާރުގެ އަގަގަކީ، 29،790 ޕައުންޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ