އިލްޔާސް ހުސައިން- ފޮޓޯ: މީސްމީޑިއާ

ދީނަށް ފުރައްސާރަކުރުމުގެ ފިކުރުން ޖީލު ސަލާމަތް ކުރެވޭނީ ސައްޙަ މަޢުލޫމާތު ދެވިގެން – އިލްޔާސް

ހަރުކަށި ފިކުރާއި، ދީނަށް ފުރައްސާރަކުރުމުގެ ފިކުރުން ޒުވާން ޖީލު ސަލާމަތް ކުރެވޭނީ ދީނުގެ ސައްޙަ މަޢުލޫމާތު ޒުވާނުންނަށް ދެވިގެންކަމަށް ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޙް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޙް އިލްޔާސް ހުސައިން މިހެން ވިދާޅުވެފައި މިވަނީ ރިލްވާން ގެ މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުކޮމިޝަންގެ ރައީސް ސުޢޫދު، ހަރުކަށި ފިކުރު މުލުން ލުހުލަންޖެހޭ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ސުޢޫދުގެ މި ވާހަކަ ފުޅާ ވިދިގެން ގިނަ ބަޔަކު އަންނަނީ ހަރުކަށި ފިކުރުގެ އިތުރުން ދީނަސް ފުރައްސާރަ ކުރުމުގެ ފިކުރުގެ ނުބައިކަންވެސް ހާމަކޮށްދީ އެ ފިކުރުވެސް ރާއްޖެއިން ފޮހެލަން ޖެހޭކަމަށް ވިދަޅުވަމުންނެވެ.

އިލްޔާސް ވިދާޅުވީ މިފިކުރުތަކުން ޒުވާން ޖީލު ސަލާމަތް ކުރުމައްޓަކައި ދަރިވަރުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަންޖެހޭކަމާއި ތަޢުލީމީ އިދާރާތަކާއި ބެލެނިވެރިން މިކަމަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމުކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ