ގިނަ އަދަދެއްގެ ބޮޑީ ސުޕްރޭ އާއި ރޯލޯން ވަގަށް ނެގި މީހަކު އެތަކެއްޗާ އެކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 31 އޮގަސްޓް ވަނަ ދުވަހު ޅ. ކުރެންދޫގެ ދޯންޏަކުން ގެނައި 48 ފުޅި ބޮޑީ ސުޕްރޭ އާއި 11 ފުޅި ރޯލޯން ހުރި ފޮށިގަނޑެއް ގެއްލިފައިވާ މައްސަލަ މިއަދު 09:00 ހާއިރު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުންކުރި މަސައްކަތުން ތުހުމަތު ކުރެވޭ ފަރާތެއް މިތަކެއްޗާ އެކު ހޯދައިފައި ވާކަމަށެވެ.
އަދި މިތަކެތިވަނީ މިއަދު 12:45 ހާއިރު މިތަކެތީގެ ވެރިފަރާތާއި ހަވާލުކުރެވިފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.



