ޖަމީލް - ފޮޓޯ: މިހާރު

މިހާރު މިއޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ނޫން - ޑރ.ޖަމީލް

މިހާރު ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ވިދާޅުވީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 7 މ އިން ޤާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ ކަމަށާއި، ރާއްޖޭގައި މިހާރު އޮތީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނޫން ކަމަށެވެ.

ޖަމީލް މިހެން ވިދާޅުވީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލުވެގެންދާ ގޮތަށް ގާނޫނު ފާސްކޮށް، އެ އިސްލާޙް ރައީސް ޞޯލިޙް ތަސްދީޤުކުރުން ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"މިއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް.. ޤާނޫނުއަސާސީ ގެ 7 މ އިން ޤާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ." ޖަމީލް ވިދާޅުވިއެވެ.

މިބަދަލާއެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލިފައިވާއިރު، ޑީޖޭއޭއަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭ ގޮތަށް ވަނީ ގާނޫނު ބަދަލުކޮށްފައެވެ.

ޑރ. ޖަމީލްގެ އިތުރުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވެސް ވަނީ، ވަކި މީހަކު ވަޒީފާއިން ވަކިކުރުމަށް ގާނޫނު އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ