މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޖާބިރު ކަނޑުއަޑީގައި އެންދެރި ގަސްތައް ކައިރީ ނައިޓް ކްލަބެއް އަޅަނީ!

ކަނޑުއަޑީގައި ނައިޓް ކްލަބެއް އަޅަން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރަން ހަދައިގެން މިއަދު ރާއްޖޭގައި އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށާއި ނަމަވެސް އެއީ ކަންތައް ވެގެން ވާނެ ގޮތް ނޫން ކަމަށެވެ. އަދި މިޔަރުތަކާއި ވެލާތަކާއި އެންދެރި ގަސްތައް ވެސް ނެގޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށާއި، އެތަކެތި ކަނޑުއަޑީގައި ހުރި މިންވަރެއް ވެސް ބެލެން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެލާ ގިނަ ކަމުން ޖާބިރުގެ ޔޮޓްގެ ބުރަފަތި ދެފަހަރު ހަލާކުވެފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ވެލާ ވެސް ނެގެން ޖެހޭ. ކަހަނބު ވެސް ނެގެން ޖެހޭ. މިޔަރު ވެސް ނެގެން ޖެހޭނެ. މަސްވެރިޔާ އުމުރު ދުވަހު މަހަށްދާ ގޮތަކަށް ނޫން ކަންތައްތައް އޮންނަން ޖެހޭނީކީ. އަޅުގަނޑު ވެސް އެންވާރްމަންޓްގެ ކަންކަމާއި މެދު ކޮންސާން ވޭ." ޖާބިރު ވިދާޅުވިއެވެ.

އެންދެރި ގަސްތަކެއް ކައިރީ ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަން ފެށުމުން މަޖިލީޙުގެ ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ވަނީ މަޢުލޫއަށް ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ރައްދުގައި ޖާބިރު ވިދާޅުވީ، މަސްވެރިކަމުގެ ވާހަކަ ދައްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު ކުޑައިރު މަހަށް ދިޔުމުގެ އިތުރުން މަސްވެރި ކުންފުނީގެ ޗެއާމަން ކަން ވެސް ކުރިން ކުރައްވާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Fili Wadde

    E koe, haadha haa filithah madhey akuru thakuga…. adhi khabaru ehkoh nuves nime eh nun

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ