ދުނިޔޭގެ ރިކޯޑަކާއެކު، ކުލަގަދަގޮތެއްގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ

ދުނިޔޭގެ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަ ގަދަ ގޮތެއްގައި، ދުނިޔޭގެ ރިކޯޑަކާއިއެކު ފާހަގަ ކުރުމަށް، ދިވެހިރާއްޖެއިން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި މި ދުވަސް ފާހަގަ ކުރުމަށްޓަކައި ޓޫވަރިޒަމް މިނިސްޓްރީން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ ރިކޯޑެއް ހެދުންވެސް އޮންނާނެކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިހަރަކާތުގެ ތެރޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ރެކޯޑަކީ ޤާއިމްކުރުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. "ފްރީޑައިވް ވޯލްޑް ރިކޯޑް" ކުރިޔަށް ދާނީ ބަރޮސްގެ ފަޅުތެރޭގައެވެ. މި ހަރަކާތުގައި 500 ފްރީޑައިވަރސް އިން ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީޑައިވިންގް ޗެމްޕިއަން ވިލިއަން ޓްރޫބްރިޖް ގެ އިތުރުން ފަސް އިންޓަރނޭޝަނަލް ފްރީޑައިވަރސް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

26 ސެޕްޓެންބަރުގައި ޖަރީރާ ކެނޯރޭސް ކުރިޔަށްދާނެއެވެ. ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެންދާނީ ފެލިދެ އަތޮޅުގައި ބޭއްވޭ މި ހަރަކާތުންނެވެ. މި ރޭހުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން އަދި ރިފިހެން ޓީމަކަށް ދަޢުވަތު ދެވޭނެއެވެ. މިރޭހުގައި އަންހެން ޓީމް ދަތުރު ކުރާނީ ވ. ކެޔޮދޫއިން ފެށިގެން ވ. ފެލިދޫއަށެވެ. އަދި ވ. ފެލިދޫއިން ފެށިގެން ވ. ތިނަދޫއަށް ކެނޯގައި ދަތުރު ކުރާނީ ފިރިހެން ޓީމެވެ. އަދި އެރޭ ކެޔޮދޫގައި ސަންގުފުމުމާއި ހަވާއެރުވުމާއި އެކީ ރަށުގެ ރަށުގެ ރައްޔިތުންނާއި ރޭހުގެ ބައިވެރިންނާއެކު ކޭމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސެޕްޓެންބަރު 27 އިން 28 އަށް ޓޫރިޒަމް ޖޮބްފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

01 އޮކްޓޫބަރުގައި އޮންނާނީ އަގޮޅިތީމު ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާއެޅުމެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް ރަށުފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ފަތުރުވެރިން ޒިޔާރާތްކޮށް އެ ސަރަހައްދުތަކާއި ގުޅޭގޮތުން، ރާއްޖޭގެ ތާރީޚާއި ޘަގާފަތާއި، ތިމާވެއްޓާއި ގުޅޭ ގޮތުން މަޢުލޫމާތު ލިބޭ ގޮތަށް ފަރުމާކުރެވިގެންދާނެ ސެންޓަރުތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވޭ ރަސްމިއްޔާތެކެވެ.

03 އޮކްޓޫބަރުގައި ކިޑްސް ފުޓްބޯޅަ ފިއެސްޓާ ކުރިޔަށްދާނެއެވެ. މި ފިއެސްޓަރގެ ތެރެއިން ހޮވާލެވޭ ކުދިންނަށް ރާއްޖޭގެ ޤައުމީ ސްކޮޑުން ޖާގަ ދެވޭނެއެވެ. އަދި އަންނަ އަހަރު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ޓީމަށް ލިބިގެން ދާނެއެވެ. ފިއެސްޓަރގެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ދަރިވަރަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލްގައި ތަމްރީންތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމުގައި އެހީތެރިވުމަށް ސްޕެއިންގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ރިއަލމެޑްރިޑްގެ ކުރިޣެ ކެޕްޓަން މިޝެލް ސަލްގާޑޯ ވައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން 04 އޮކްޓޫބަރ ގައި ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ޑިނަރއެއް ކުރިޔަށް ދާނެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ. މިއަހަރުގެ ޓޫވަރިޒަމް ދުވަހުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ޖޮބްސް: އަ ބެޓަރ ފިއުޗަރ ފޮރ އޯލް" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ