މަސްދޯނި އެކައުންޓް އިފްތިތާޙް ކުުރުމުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މަސްދޯނި އެކައުންޓް ރައީސް އިފްތިތާހު ކޮށްދެއްވައިފި

މަސްވެރިންނަށް ފަސޭހަ ކަމާއެކު ބޭންކިންގެ ހިދުމަތް ހޯދައިދިނުމުގެ ގޮތުން "މަސްދޯނި އެކައުންޓް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ "މަސްދޯނި އެކައުންޓް" އިފްތިތާޙް ކޮށްދެއްވާފައިވަނީ،
މަސްވެރިޔާ ކާޑް އަދި ޑިޖިޓަލް ވޮލެޓް އިފްތިތާހް ކުުރުމަށް ގއ. ކޫއްޑޫގައި މިރޭ ޞޭއްވި ޚާއްޞަ ހަފްލާގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިޔާ ކާޑަކީ މަސްވެރިންނާއި ގުޅިފައިވާ އެކައުންޓްގެ ކާޑެއް ކަމަށާއި އެއީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބިގެންދާނެ ވަސީލަތެއް ކަމަށެވެ.

މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޚިދުމަތާއެކު މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ލިބޭނެ ކަމަށާއި، ނަގުދު ފައިސާގެ ބަދަލުގައި ރައްކާތެރި ގޮތުގައި ބޭންކް މެދުވެރިކޮށް މަސްވެރިން ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ބެންކް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

"އޮޑިވެރިޔާއަށް ފައިސާ ލިބުމުން ބީއެމްއެލް މޯބައިލްޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވަގުތުން ބަހާލެވޭނެ، ހަމަ ނަގުދު ފައިސާވެސް ވަގުތުން ބަހާލެވޭ ގޮތަށް ކަނޑުމަތީގައި ތިބެގެން އެބޭފުޅެއްގެ ފައިސާ ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

އިތުރަށް ޝަރީފް ވިދާޅުވީ، މި ކާޑަކީ މާސްޓަރ ކާޑާއެކު ބްރޭންޑް ކުރެވިފައިވާ ކާޑެއް ކަމަށާއި، އެހެންކަމުން ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ފަސޭހަކަމާއެކު މި ކާޑު ބޭނުން ކުރެއްވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ