ފުލުހުން ހޯދައިދިން ފައިސާ - ފޮޓޯ: ފުލުހުން

މާލޭ މަގުމައްޗަށް ގެއްލުނު ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިދީފި

މާލޭ މަގުމައްޗަށް މީހެއްގެ އަތުން ގެއްލުނު ގިނަ އަދަދެއްގެ ރުފިޔާ ދިވެހި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުން 55000ރ (ފަންސާސް ފަސްހާސް ރުފިޔާ) ނަގައިގެން ދިޔަ މީހެއްގެ އަތުން އެ ފައިސާ މަގުމައްޗަށް ވެއްޓި ގެއްލިފައިވާ ކަމަށެވެ.

މި މައްސަލަ މިމަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:09 ހާއިރު ދިވެހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

"މި މައްސަލަ ހުށަހެޅުމާއި ގުޅިގެން ފުލުހުން ސީސީޓީވީ ފޫޓޭޖް ބަލައިގެން ކުރި މަސައްކަތުން އެ ފައިސާ ނަގައިގެން ދިޔަ މީހާ 2019 ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ހަވީރު 05:10 ހާއިރު ހޯދާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

އެ ފައިސާގެ ވެރިފަރާތަށް ފައިސާތައް ހަމައަށް އެދުވަހުގެ އިރުއޮއްސި 06:50 ހާއިރު އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާއިރު އެ ފައިސާއަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ