ތޫނު އެއްޗަކުން ބިރުދައްކައި ޑޮލަރުތަކެއް ފޭރިގަނެފި

މާލޭގެ މަގުމަތިން މިއަދު ހިނގައިފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި 840 ޑޮލަރު  (12،952.8 ރުފިޔާ) ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރުފަހު މާފަންނު އަޅިވިލާމަގުގައި ހިނގި މިހާދިސާ ފުލުހުންނަށް ހުށަހަޅާފައިވަނީ، 3:30 އެހާކަންހާއިރު ކަމަށެވެ.

މިމައްސަލައިގައި ތުހުމަރު ކުރެވޭ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލޭގައި، މިދިޔަ ހޯމަ ދުވަހުވެސް މާފަންނު ފަތަހަ ސުންބުލި ކައިރިން، ވަޅިން ބިރުދެއްކުމަށް ފަހު އެކްސްޕާޓް މޮޓޯސްގެ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ