ވަގަށް ނެގި ސަތަރި ރޯލުތައް - ފޮޓޯ: ޕޮލިސް

ސަތަރި ވަގު މަގުމަތިން އަތުލައިގެންފި

ސަތަރި ރޯލުތަކެއް ވަގަށް ނެގި މީހަކު ސަތަރި ރޯލުތަކާއެކު ފުލުހުންގެ އަތްދަށުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ފުލުހުން މިއަދު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތިން ސަތަރި ރޯލު ހިފައިގެން ދިޔަ މީހަކު ފެނިފައިވާ ކަމަށެވެ.

ސަތަރި ރޯލުތަކާއެކު އެމީހާ ފުލުހުންނަށް ފެނިފައިވަނީ މިއަދު ހެނދުނު 11:37 ހާއިރު ލޯކަލް މާރުކޭޓް ކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހުއްޓުވަން އުޅުމުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ