ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން، ނިމިދިޔަ ސަރުކާރުގައި އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދިނީ މި ސަރުކާރުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅި ދެ ފުލުހުން ހައްޔަރުކުރުމަށް އެޓަރނީ ޖެނެރަލް އަންގަވާފައިވާ، ކޯޕްރަލް މުޙައްމަދު ޖިނާޙްއާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލައި، ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، މިދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވަނީ މި ސަރުކާރުން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މިކަން ޢާއްމުންނަށް ފޮނުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޕޮލިސް ކޮމިޝަނަރު ހާޟިރުކޮށް ސުވާލުކުރި ބައްދަލުވުން ސިއްރުކޮށްފައިވާ ކަމަށެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން އާއްމުންނަށް ދިން މަޢުލޫމާތުތަކަކީ ކުރީ ސަރުކާރުގައިވެސް ހޯދާފައިވާ މަޢުލޫމާތުތައް ކަމަށްވެސް ކުރިން އުމަރު ވަނީ ވިދާޅުވެފައެވެ.




ހިޔާލު
އުމަރު މާ ވަރު ނާރުވާ މަޑުކޮށްލާ