ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

އިސްލާޙުތަކާއެކު، ކައުންސިލަރުންގެ ޒިންމާތައް އެތައްގުނައެއް އިތުރުވާނެ - އިމްރާން

ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނެވޭ އިސްލާޙުތަކާއެކު، ކައުންސިލަރުންގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެތައްގުނައެއް އިތުރުވެގެންދާނެކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމްމިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާލުވެފައި ވަނީ ކައުންސިލް ތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުނެވެ.

އިމްރާން ވިދަޅުވީ ވަޞީލަތްތަކުގެ ދަތިކަމާހުރެ އެންމެ އެދެވޭ ގޮތުގައި ކައުންސިލްތައް މިހާރު ހިނގަމުން ނުދާކަމަށެވެ. އަދި ބަޖެޓްގެ ދަތިކަން ކައުންސިލްތަކަށް ކުރިމަތި ވެފައިވާތީ އެކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި، ލާމަރުކަޒީ ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގައި، ކައުންސިލްތަކުން އަވަސް ރަނގަޅު ހިދުމަތްތަކެއް ލިބިގެން ދިއުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އިމްރާން ވިދާޅުވިއެވެ.

އެގޮތުން ކައުންސިލްތަކަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަންފިލައި، ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތް ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކާ ކައުންސިލްތަކަށް އިތުރަށް ޓްރެއިނިންގ ދިނުމަށް ވަނީ ނިންމާފައިކަމަށެވެ. އިމްރާން ވިދާޅުވީ މިހާރުވެސް އެލްޖީއޭގައި ކައުންސިލަރުން ތަމްރީންކުރުމަށްޓަކާ ވަކި ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރެވިގެން، އެ މަސައްކަތް ފެށުމުގެ މަރުހަލާ ކުރިޔަށްދާކަމަށެވެ.

އެލް.ޖީ.އޭއާއި ފިނޭންސް މިނިސްޓްރީން، ކައުންސިލްތަކުން މާލީ ޒިންމާ އަދާކުރަމުންދާގޮތް ދުވަހުން ދުވަހަށް މޮނިޓަރކުރާނެކަމަށާއި، ކައުންސިލްތަކަށް ބާރުވެރިކަން ދިނުމާއެކު ކައުންސިލްތައް ޒިންމާދާރުކުރުވާ މޮނިޓަރކުރުމުގެ ކަންކަން ހަރުދަނާ ކުރާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ