މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިންގސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައިގައި މާރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ކުރި ތަޙްޤީޤަށް ހެކިބަސް ދީފައިވާ ސިއްރު ހެކިވެރިޔެއްގެ ގެ މަޢުލޫމާތު މީސްމީޑިއާގައި ލީކުކޮށްލައިފިއެވެ.
މީސްމީޑިއާގައި ލީކުކޮށްލާފައިވަނީ "ސިއްރު ހެކިވެރިޔާ 2" ގެ މަޢުލޫމާތެވެ.
އެ ސިއްރު ހެކިވެރިޔާގެ މަޢުލޫމާތު ކަމަށްވުނެ އެހެކިވެރިޔާގެ މަޢުލޫމާތާއި، ފޮޓޯވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންންވެ.
ކޮމިޝަނުން ތަޙްޤީޤު ނިންމައި އެ މައްސަލައިގެ ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައެވެ. އަދި އެ ރިޕޯޓް ނަޝީދު ވަނީ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ހިއްސާކުރައްވާފައެވެ.
ކޮމިޝަނުން ވިދާޅުވެފައިވަނީ، ރިލްވާން ގަދަކަމުން ކާރަކަށް އަރުވަައިގެން ގެންގޮސް، ކުޑަ ޑިންގީއެއްގައި އިތުރު ކަނޑު އުޅަނދަކަށް އަރުވާފައި، އެ އުޅަނދުގައި މަރާލާފައިވާ ކަމަށެވެ.




