ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްފައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 07:10 ހާއިރު ހުޅުމާލޭގައި މާރާމާރިއެއް ހިންގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީގެން ފުލުހުން ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އެ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަމަށެވެ.
އޭގެ އިތުރުން އެމާރާމާރީގައި އެމީހާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، އެމީހާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




