ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ދެ ފުލުހުން ގޭގަ މަޑުކުރުވާފައި ހުއްޓާ ވަޒީފާއަށް ނެރުނީ ޓްރާންސިޝަން ޕީރިއަޑްގައި

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިނގްސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ހިމެނޭ ދެފުލުހުން މުސާރަ ނުލިބޭގޮތަށް ގޭގަ މަޑުކުރުވާފައި ހުއްޓާ، އަލުން ވަޒީފާއަށް ނެރުނީ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި ކަން ހާމަވެއްޖެއެވެ.

ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުޙައްމަދު ޖިނާޙްއާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަށް ނިމިދިޔަ ސަރުކާރުގައި އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދިނީ މި ސަރުކާރުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

އުމަރު އެހެން ވިދާޅުވުމުން ފުލުހުން ވިދާޅުވީ، އެ ދެ ފުލުހުން އެއްވެސް އިރެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އެއާއެކު އުމަރު ފަހުން ވިދާޅުވީ، އެދެފުލުހުންނަށް ކުރިން ސަރުކާރުގައި ދީފައިވާ އެއްވެސް އަދަބަކަށް މި ސަރުކާރުގައި ލުޔެއް ދީފައިވޭތޯ ފުލުހުން ސާފުކޮށްދެއްވަންޖެހޭ ކަމަށެވެ.

އުމަރު ނަސީރު އިއްޔެ އެހެން ވިދާޅުވުމާ ގުޅިގެން މިނޫހުން ފުލުހުންނާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ދާދި ދެންމެ ވިދާޅުވީ، އެ ދެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާތީވެ، ވަޒީފާއާއި މެދު ގޮތެއް ނިންމަންދެން 2017 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ރަސްމީ މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ.

"އަދި 7 ނޮވެމްބަރު 2018 ވަނަ ދުވަހު އެ ދެ ފުލުހުން ވަނީ އަނބުރާ ވަޒީފާއަށް ނެރެފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާރުގެ ރައީސް ހުވާކުރައްވާފައިވަނީ 2018 ނޮވެމްބަރ 17 ގައި ކަމަށާއި، އެ ދެ ފުލުހުން އަނބުރާ ވަޒީފާއަށް ނެރެފައިވަނީ 7 ނޮވެމްބަރު 2018 ގައި ކަމުން އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ހަމްދޫން ރަޝީދު ކަމަށާއި، އޮތީ ކުރީގެ ސަރުކާރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ދެ ފުލުހުންގެ ޑިސިޕްލިނަރީ މައްސަލަ މިހާރުވެސް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.

އެ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަ ނައިބު އަމުރުކުރި ނަމަވެސް އަދިވެސް ހައްޔަރުކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ގަމާރު

    މި ސަރުކާރު ވުޖޫދަށް އައިސްފައިވަނީ 17 ނޮވެމްބަރ 2018 ގަ! އޭރު އޮތީ ކުރީގެ ސަރުކާރު!

    • happu

      Kon kuree sarukaaru kiyaakah.. eyru othee inthigaalee dhuvasvaru Yasmeen sarukaaru othee namehga.. mi sarukaarun dhiyaee Yameen sarukaarun fiyavalhu meehun anburaa vazeefa thah dhemun.. mihaaru ves smith kiyaa gunda akah ves vazeefa dhinee Yameen dho ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ