ގެއްލިފައިވާ އަޙްމަދު ރިލްވާން ޢަބްދުﷲ

ރިލްވާންގެ މައްޗަށް ކަށުނަމާދު ކުރުމަށް މަޝްވަރާކުރަނީ

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އަބްދުﷲގެ މައްޗަށް ކަށުނަމާދު ކުރުމަށް މަޝްވަރާ ކުރަމުން ދާ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އޮންލައިން ނޫސް "ސަން" އަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ރިލްވާންގެ ކަށުނަމާދު ކަންތައް އާއިލާއިން ބޭނުންވާ ގޮތެއްގެ މަތިން ކުރިއަށް ދާނެކަމަށާއި، މިނިސްޓްރީން ދަނީ އައިލާއާއެކު ވާހަކަ ދައްކަމުންކަމަށެވެ.

ރިޟްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުއެވެ. ރިޟްވާން ގެއްލުނު ފަހުން 5 އަހަރު ވެފައިވާއިރު ދާދިފަހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ރިޟްވާން ވަނީ މަރާލައިފައި ކަމަށެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގު ކުރާ ކޮމިޝަނުން ރިޟްވާންގެ މައްސަލަ ތަޙުގީގު ކުރުމަށްފަހު ނެރެފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ ރިޟްވާން ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ވަގަށް ނަގައިފައިކަމަށެވެ. އަދި ވަގަށް ނެގުމަށް ފަހު ރިޟްވާން ގެންގޮސްފައިވަނީ ކަނޑުމަތީ އޮތް ދޯންޏަކަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ ދޯންޏަށް އަރުވާ ރިޟްވާންގެ ބޯބުރި ކޮށްލުމަށްފަހު، ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށެވެ.

މި މައްސަލަ އަދިވެސް ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ