ދަގަނޑޭގެ ޖާދޫ، ސަޕޯޓަރުން ނުކުމެ ޓިކެޓް ގަތުމަށް ކިއޫ ހަދައިފި

ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖެ އާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު ފެނިގެންދާިއރު، މިމެޗު ބެލުމުގެ ޖޯޝާއި ފޯރީގައި ހުރި ސަޕޯޓަރުން ނުކުމެ ޓިކެޓް ގަތުމަށް ކިއޫ ހަދައިފިއެވެ.

މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ދަގަނޑޭ ވަކިކުރިފަހުން ރާއްޖޭގެ ޤައުމީ ޖާޒީގައި އޭނާ ފެނިފައިނުވާއިރު، ދަގަނޑޭ ޤައުމީ ޖާޒީގައި ކޫޅޭތަން ބަލާލަން ކެތްމަދުވެފައިހުރި އެތަށް ސަޕޯޓަރުންނެއްވަނީ ކުރަން ހުރި މަސައްކަތްތައް ދޫކޮށްލުމަށްފަހު، މިކިއޫގައި ޖެހިފައެވެ.

ގަލޮޅު ދަނޑުގެ އުތުރު ފަރާތް (މަޖީދީ މަގު ފަޅި) ސިޑި ބަރި އާއި ހުޅަނގު ފަރާތް (ރޮސްޓަރަމް ފަޅި) ހިމެނޭގޮތަށް ޖުމްލަ 3500 ޓިކެޓް ވިއްކުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އޭގެ ތެރެއިން އަވޭ ޓީމަށް ޓިކެޓް ރިޒާވްކުރުމަށްފަހު ދިވެހި ސަޕޯޓަރުންނަށް ވިއްކާނީ 2090 ޓިކެޓެވެ.

މިމެޗުގެ ޓިކެޓް ވިއްކުން މިއަދު 04:30 ގައި ފެށިފައިވާއިރު 6 ޖެހުމާއެކުވަނީ ޓިކެޓް ވިއްކުން ބަންދުކޮށްފައެވެ. އަދި ޓިކެޓް ވިއްކުން މިރޭ 08:00 ން 11:00 އާއި ދެމެދުވެސް ކުރިއަށްދާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ބާކީ ހުންނަ ޓިކެޓްތައް މެޗު ކުޅޭ ދުވަހުގެ (މިމަހުގެ 10 ވަނަ ދުވަސް) މެންދުރުފަހު 2:00 އިން 9:30 އަށް ޓިކެޓް ވިއްކާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

ރާއްޖެ އަދި ޗައިނާ ބައްދަލުކުރާ ފޯރިގަދަ މެޗުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށާއި 150 ރުފިޔާ އަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގުއާމްއާއި ބައްދަލުކޮށް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ، އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ