ނަހުލާގެ އާ ޝޯއެއް ބައިސްކޯފަށް އަންނަނީ!

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ކާމިޔާބީއަށް ފަހު، ޑައިރެކްޓަރު ފާތިމަހު ނަހުލާ އަނެއްކާވެސް ބައިސްކޯފާއި ގުޅިގެން އިތުރު ޝޯއެއް ގެނެސްދޭން ވަނީ ނިއްމާފައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ "ހުވާ" ސީރީޒް 79 އެޕިސޯޑު މިހާތަނަށް ދައްކާފައިވާއިރު، މި ޝޯގެ ފިނާލޭ އެޕިސޯޑު ބައިސްކޯފުން ދައްކާނީ މި މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބައިސްކޯފާއި ގުޅިގެން ނަހޫގެ އިތުރު ޝޯއެއް ގެނެސްދޭން ނިއްމާފައިވާއިރު، މި ޝޯގެ މަސައްތަކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި މި ޝޯއާއި ބެހޭ މާބޮޑު މައުލޫމާތެއް އަދި އާއްމުކޮށްފައިނުވެއެވެ.

"ހުވާ" ގެ ފިނާލޭ އެޕިސޯޑުގެ ތެރެއިން 81 ވަނަ އެޕިސޯޑު މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު، ޝޯގެ އެންމެ ފަހު އެޕިސޯޑު ދައްކާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ބައިސްކޯފުން "ހުވާ" ގެ ފިނާލޭ އެޕިސޯޑުތައް ދައްކާފައިމިވަނީ ހަފްތާއެއްގެ ބްރޭކެއް ނެގުމަށްފަހުގައެވެ.

"ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ ޢިބްރަތްތެރި ސީރީޒްއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ