އަލްއުސްތާޛު ޙުސްނުއް ސުޢޫދު - ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ކޮމިޝަނަށް ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުންދޭ

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަން ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުން ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ވިދަޅުވީ މި ތަޙްޤީޤުތައް ކުރުމުގެ ޤާބިލްކަން ކޮމިޝަންގައި އެބަހުރި ކަމަށާއި ކޮމިޝަނަށް އެކަން ކުރެވޭނެ ކަމަށެވެ. އަދި މި ތަޙްޤީޤު ކުރިޔަށް ގެންދިއުމުގައި އެހެން މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާކަމަށް ކޮމިޝަނުން ދަންނަވާފައިވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޔާޤީން ކުރަން އެއްބާރުލުން އެހެން މުއައްސަސާތަކުން ކޮމިޝަނަށް ހޯދުމަށް" ރައީސް ވިދާޅުވިއެވެ. އިއްޔެއިން ފަށައިގެން އެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާތަނަށްވެސް ކޮމިޝަނަކުން އެއްބާރުލުން ނުލިބިގެން އެއްވެސް ޝަކުވާއެއް ރައީސްއާއި ހަމައަށް އައިސްފައި ނުވާކަމަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މަރު ކޮމިޝަނުން މީޑިއާއި ހިއްސާ ކުރި ރިޕޯޓްގައި ބުނެފައިވަނީ ރިޟްވާން ވަނީ ހުޅުމާލޭގައި ދިރިއުޅޭ ގޭއިން ރަހީނުކޮށްގެން ގެންގޮސް ކަނޑުމަތީ އޮތް ބޯޓަކަށް އަރުވައި ބޯބުރި ކޮށްލުމަށްފަހު ރިޟްވާންގެ ހަޑިގަނޑު ކަނޑުފައްތާފައި ކަމަށެވެ.

ރިޟްވާން ރަޙީނުކޮށް މަރާލާފައި ވަނީ ރާއްޖޭގައި އުޅޭ ހައްދުފަހަނަ އަޅާފައިވާ ޖިހާދީ ފިކުރުގެ މީހުންކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ