ފުލުހުންގެ ހައްޔަރުގައި ހުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު މާފުށީ ޖަލަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރު ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލްގައި 24 ގަޑިއިރަށް އެޑްމިޓްކޮށް ފަރުވާ ދީފައިވަނީ ހިތުގެ ބަލީގެ ޑިޕާޓްމަންޓުގައެވެ.
ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް އިއްޔެ ވިދާޅުވީ، ރޫޓިން ޗެކަޕެއް ހެދުމުގެ ނަމުގައި ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ކުރުމަކީ ކަރެކްޝަންސް ސަރވިސް އިން ރާވައިގެން ހިންގި ކަމެއް ކަމަށެވެ.
ޔާމީން ފުލުހުންގެ ބަންގުގައި ބަހައްޓާފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާކަމަށް ދައުލަތުން ތުހުމަތުކޮށް ހުށަހެޅި ސިއްރު ލިޔުންތަކަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.