ފޭދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ފޭދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ފޭދޫ ވޮލީބޯޅަ ކޯޓު ބިއްދޮށުގައި އޮތް ފަޅުގޯއްޗެއްގައި ހުރި ކުނިތަކެއްގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މައުލޫމާތު ދެއެވެ.

މި އަލިފާންގަނޑުވަނީ އެމްއެންޑީއެފް ސަދާން އޭރިއާ ހިތަދޫ ފަޔަރ ސުޓޭޝަންގެ ސިފައިން ކުރި މަސައްކަތުން ނިއްވާލައިފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން އިތުރަށްބުނީ، މިއަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ މިރޭ 18:07 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ސަދާން އޭރިއާ ހިތަދޫ ފަޔަރ ސުޓޭޝަންގެ ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު މިރޭ 18:40 ހާއިރު ނިއްވާލައިފައި ވާކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ