ފީފާ 20 - ކުޅުންތެރިންގެ ރޭޓިންގައި ރޮނާލްޑޯއަށްވުރެ މެސީ ކުރީގައި!

ފީފާ 20 ގެ ކުޅުންތެރިންގެ އޯވަރޯލް ސްކޯރތަކާއެކު ރޭޓިން އާންމުކޮށްފައިވާއިރު، ޕްލެޔާ ރޭޓިންގައި ރޮނާލްޑޯއަށްވުރެ ކުރީގައި މެސީ ހިމެނިއްޖެއެވެ.

ފީފާ 20 ގެ ރޭޓިންގައި ގަދަ 100 މިއަދު ހާމަކޮށްފައިވާއިރު، 94 ސްކޯރއެކު މިލިސްޓްގެ އެންމެ ކުރީގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އުޅޭއިރު، ޖުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެވަނަ ލިބެނީ 93 ސްކޯރއެކުގައެވެ. އަދި 92 ސްކޯރއެކު ތިންވަނައިގައި ހިމެނެނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާއެވެ.

މިދިޔައަހަރު ފީފާއިން ނެރުނު ފީފާ 19 ގެ ކުޅުންތެރިންގެ ރޭޓިންގައި މެސީ އަދި ރޮނާލްޑޯއަށްވެސް ލިބިފައިވަނީ 94 ސްކޯރއެވެ. އަދި ސްކިލް މޫވްސްއަށް މެސީއަށްވުރެ އިތުރަށް އެއްތަރި ލިބި، ފީފާ 19 ގެ ކުޅުންތެރިންގެ ރޭޓިންގެ އެއްވަނަ ލިބިފައިވަނީ ރޮނާލްޑޯއަށެވެ.

ފީފާ 20 އަށް ޔުވެންޓަސްގެ އޮފިޝަލް ލައިސެންސް ލިބިފައިނުވާއިރު، ޕިއެމޯންތޭ ކަލްޗޯއެވެ. އެހެންކަމުން އަންއޮފިޝަލްކޮށް ފީފާ ޕްލެޔަރުންނަށް ޔުވެންޓަސް ޓީމަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ބާކީ އެހެން ހުރިހާ ޓީމެއްގެ އޮފިޝަލް ފީފާއަށް ލިބިފައިވާއިރު، ފީފާ 20 އޮފިޝަލްކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިމަހު ފަހުކޮޅުއެވެ.

ފީފާއާއި ވާދަވެރި ޕެސްއާއެކު ޔުވެންޓަސްއިން ހަދާފައިވާ 3 އަހަރު ދުވަހުގެ އެއްބަސްވުމާއެކު، އެކްލަބުގެ ހުރިހާ އޮފިޝަލް ލައިސަންސެއް ޕެސްއަށްވަނީ ލިބިފައެވެ. އަދި ޔުވެންޓަސްގެ ނަމާއި، ސްޓޭޑިއަމްގެ ނަންވެސް ބޭނުންކުރުން ފީފާއަށްވަނީ މަނާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ