ސީރިއާގައި ހުންނަ އީރާނުގެ ބޭސްތަކަށް ވައިގެ ހަމަލާތަކެއްދީ ގިނަ ބަޔަކު މަރާލައިފި

ސީރިއާ އަދި އިރާޤް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި އީރާނަށް ނިސްބަތްވާ އަސްކަރީ ބޭސްތަކަކަށް މިރޭ ވައިގެ ހަމަލާތަކެއްދީ ގިނަ ބަޔަކު މަރާލައިފިއެވެ.

ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދުތަކެއްކަން ނޭންގޭ މި އުޅަނދުތައް ރޭގަނޑުގެ ވަގުތުގައި މި ބޭސްތަކަށް ހަމަލާދީވަނީ 18 ސިފައިން މަރާލައިފައެވެ.

މިހަމަލާތަކުގައިވަނީ އެބޭސްތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އުޅަނދުތައްވެސް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކު ކޮށްލައިފައެވެ.

https://twitter.com/AliAlleile/status/1170833203080388608

ސީރިޔާ ތެރޭގައިވާ އީރާނާއި ގުޅުންހުރި ތަންތަނަށް މީގެ ކުރިން ވައިގެ ހަމަލާތައް ދީފައިވާ އިޒްރޭލުން މިހަމަލާއާއި ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިހަމަލާތަކަށްފަހު ސީރިއާއިން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފައި ވާކަމަށް އިޒްރޭލުން ރިޕޯޓް ކޮށްފައި ވެއެވެ.

އިޒްރޭލާއި އީރާނަކީ ހަތުރުވެރި ދެގައުމެވެ. އީރާނުން އެހީވާ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން މިއަދުވަނީ އިޒްރޭލުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ