މަޖިލީހުގެ 87 ގޮނޑިއަށް 403 ފަރާތަކުން ކުރިމަތިލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް 403 ފަރާތަކުން ފޯމު ހުށަހަޅުއްވާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު ހަވީރު 04:00 އަށް ހަމަވިއިރު 403 ފަރާތަކުން އެ ކޮމިޝަނުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ކެންޑިޑޭޓުންގެ އަދަދަށް ބަލާނަމަ މިއީ ކޮންމެ ގޮނޑިއަކަށް 4 (4.6) ކެންޑިޑޭޓުންނަށްވުރެ ގިނަ އަދަދެކެވެ. އެހެންކަމުން ކޮންމެ ދާއިރާއައެއްގެ އިންތިޚާބުވެސް ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވެއެވެ.

މަޖިލީހަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، އެމްޑީޕީން 86 ދާއިރާއަށް ކުރިމަތިލާން ފޯމު ހުށަހެޅުއްވިއެވެ. ޕީޕީއެމް އާއި ޕީއެންސީ އަދި އަދާލަތާއި، ޖުމްހޫރީ ޕާޓީންވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަވާނެކަމަށް ބެލެވެއެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް މިހާރުވެސް ފެށިފައިވާއިރު، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް ނިމުމުން ކެމްޕޭންގެ ފޯރި އިންތިހާއަށް ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް