ދެ ފޯނެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބަލައިފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މޮބައިލް ފޯނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާ ގުޅިގެން 2019 ޖުލައި 17 ވަނަ ދުވަހު ފުލުހުން ބަލައިފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފޯނު ކަމަށާއި، މި ދެފޯނު ގެއްލިގެން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށެވެ.

"ވީމާ މި ފޯނުތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފޯނުތަކާ ހަވާލުވެލެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ