ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކިޑޫ ދޫކޮށްލައިފި

މަރުތަކާ ބެހޭ ކޮމިޝަނުން އާއްމުކުރި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓުގައި، ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފިއެވެ.

އަގްލީލް ފޭދޫގައި ދިރިއުޅޭ ގުރަހާގެ އަށް ވަދެ އެގެ ބަލައި ފާސްކުރުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުން، ގަން ޕޮލިސް ސްޓޭޝަނުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވާކަން މިނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.

މަރު ކޮމިޝަނުން ނެރެފައިވާ ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށެވެ. ދޯނީގެ ވެރި މީހާއަށް ކިޔަނީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދުއެވެ. ހަމަ އެގޭ އަލްގިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށް ބުނެފައިވެއެވެ. މި ދެ ދޯނި ހަމަޖައްސައިދިނީ އަގްލީލު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި މާލެއާއި އައްޑޫ ސިޓީގެ އެތައް ތަނަކަށް ވަދެ ފުލުހުން ބަލާ ފާސްކުރަމުންދާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ