ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަޖީދީމަގާއި ރައްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ދެވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި، މި ހާދިސާގެ ރިޕޯޓް އެ ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ވެއްޓުނު މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އިމާރާތުގެ މަތިން ވެއްޓިފައިވަނީ 27 އަހަރުގެ ބަންގުލަދޭޝް ރައްޔިތެއް ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫންކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.




