ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ދީނަށް ފުރައްސާރަކުރި މީހާއަށް އިންޒާރުދިން މައްސަލަ ބަލަން ފަށައިފި

ގދ.ތިނަދޫގައި ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ނިކުތް މީހާއަށް އިންޒާރުދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަންފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ގދ. ތިނަދޫގައި ދީނަށް ފުރައްސާރަކޮށް މީސްމީޑިއާގައި ލިޔާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރުކުރި މީހާއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާއިރު، އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކުރިކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ފުލުހުން އޭނަ ހައްޔަރުކޮށްފައިވާ އިރު ތިނަދޫގެ ޒުވާނުންތަކެއް ދިޔައީ އޭނާ އާއި ދެކޮޅަށް ނުކުންނަށް ތައްޔަރުވަމުންނެވެ.

އޭނާ ވަނީ ތިނަދޫގައި ދީނާ ދެކޮޅު ހަރަކާތްތައް ފާޅުގައި ބާއްވާކަމަށް ބުނެފައެވެ. އަދި އެފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް އޭނާ ދިޔައީ ތައްޔާރުވަމުންނެވެ.

ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން މަދުންނަމަވެސް މި ރާއްޖެއިން ދަނީ ފެންނަމުންނެވެ. އަދި ދީނީ ކަންކަމަށް ފުރައްސާރަ ކުރުންވެސް ދަނީ ގިނަވަމުންނެވެ.

ރާއްޖެއިން ބޭރުގައި ހުރެ ދީރައް ފުރައްސާރަކޮށް ރަސޫލުކަމަށް ދަޢުވާކުރި މީހަކު ރާއްޖެއަޢުމައި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފުލުހުން ހައްޔަރުވެސްކޮށްފައެވެ. އޭނާ ހައްޔަރުކުރުމާއި ގުޅިގެން ގިނަ ބަޔަކު ދިޔައީ އެއީ ސިކުނޑީގެ ބަލިމީހެއް ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ދެން އޭނާ ގެންދިޔައީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Dhivesseh

    Dheenah furassaara kuri meehakah inzaaru dhineema massala eh.. dheenah furassaara kurun maa bodu massala akah nuvaane..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ