މާތް ﷲ އަށް ފުރައްސާރަކުރި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.
އެމިހާ ޙައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހަދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހަކީ އަވައްޓެރި އިންޑިޔާ އަށް ނިސްބަތްވާ މީހެކެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަނީ ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓްތަށް އެމީހާގެ މުށުތެރޭގައި ވާކަމަށް ބުނެ އެސަރަހައްދުގައި ތިބި މީހުނަށް އިންޒާރުދީ ބިރު ދައްކާފައެވެ. މި މީހާ ދީނަށް ފުރައްސާރަ ކުރަމުންދިޔަ އިރުވެސް ފުލުހުން އެމަންޒަރު ބެލުމަށް އެސަރަހައްދުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ވިދާޅުވީ، މަސްތުގެހާލަތުގައި އުޅުނު ބިދޭސީ މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި، އަދި އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިިއަދު ކޯޓަށް ގެންދިއުމުން ކޯޓުންވަނީ އޭނާ ދޫކޮށްލައިފާކަމަށެވެ އަދި މިމީހާގެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ތަޙުޤީޤުކުރަމުން ގެންދަނީ އެމީހާ އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަކަމެއް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަމެއް ނުވަތަ މިދެމައްސަލަކަމަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަދި މިމީހާ ޙައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކުދަނީ އެކަމާ ފާޑު ކިޔަމުންނެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒުވަނީ ފުލުހުން އަނގަނަގައިގެން އެތިބެނީ ކޮންހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތި މީތި ގޮވާ އިރު މި އިންޑިއާ ޝައިޠާނުގައިގައި އަތްލުން މަނަލީތޯވެސް އަލީ ރަމީޒު ސުވާލު ކުރައްވާފައިވެއެވެ. އަދި މިމީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއްވެސްވަނީ ނެރެފައެވެ.
ރައްޔިތުންގެ އިއްތިހާދުންނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، ޢާލަމްތަކުގެ ވެރި ހުސްޠާހިރުވަންތަ އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދުކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މާތް ﷲ އަށް ފުރައްސާރަކުރި މީހާއާ މެދު ކަންކުރި ގޮތް ރައްޔިތުންގެ އިއްތިޙާދުން ކުށްވެރިކޮށްފި
މަސްތުވެ، ދީނަށް ފުރައްސާރަކުރި ބިދޭސީއެއް މާލެއިން ހައްޔަރު ކޮށްފި
ހިޔާލު
އޮންސީންގަ ހައްޔަރުނުކޮށް ތިބީ. އިންޑިއާ މީހެއްވީމަ އަމަލުކުރާންވީ ގޮތް ވެރިން އަންގަންދެން. ފަހުން އޭނަ ގެއަށް ވަނީމަ ކޯޓު އަމުރަކާނުލާ ގޮސް ގެއަށް ވަދެ ހައްޔަރުކުރީ. އިޖުރާތްތަކާ ޚިލާފަށް ހައްޔަރުކުރީ. ދެން ކޯޓުން ދޫކޮއްލީމަ ބުނަނީ ކޯޓުންނޭ ދޫކޮއްލީ. ޑްރާމާ….