20 ފެބުރުއަރީ 2019 ވަނަ ދުވަހު ފެނުނު މަންޒަރަކީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ދިވެހިން ލަދުގަންނަން ޖެހޭފަދަ މަންޒަރެކެވެ. ދިވެހިންތަކެއް ރާއްޖޭގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗް ތެރެއަށް ވަދެ އަޑުގަދަކޮށް ހޮސްޕިޓަލުގެ ހަމަހިމޭންކަން ނަގާލި މަންޒަރެވެ. އެވަގުތު އެޑްމިޓްކޮށްފައިތިބި އެތައް ބަލިމީހުންނަކާއި، ކުޑަކުދިން އަރާމް ނިދިން މަޙްރޫމްކޮށްލައި ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލެވުނުއިރުވެސް އެމީހުންނަށް ނޭގުނެވެ.
ހަމަގައިމުވެސް އަޑުގަދަކޮށް ހޮސްޕިޓަލުގެ ހަމަހިމޭންކަން ނަގާލީ ނުވިސްނޭވަރުގެ ކުޑަކުދިންތަކެއް ނޫނެވެ. ހަމަވިސްނޭ ޒުވާނުންނެވެ. ކިޔަވައިގެން ތިބި މީހުންނެވެ. ރާއްޖޭގައި ނަންހިގާ އިސް ވެރިންނެވެ. ބުއްދި ސަލާމަތުން ތިބި ދިވެހިން ތަކެކެވެ. ދަރީންނަށް ތަރުބިއްޔަތު ދޭން ތިބި މަންމައިން ތަކެކެވެ. ޒިންމާދާރު ބައްޕައިން ތަކެކެވެ.
ހޮސްޕިޓަލަކީ އެކި އުމުރުގެ ބަލިމީހުން އަބަދުވެސް ޖަމާވެފައި އޮންނަ ތަނެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން އަދި މުސްކުޅިންނެވެ. އަބަދުވެސް އެތައްބަޔަކު އެޑްމިޓް ކޮށްފައި ތިބޭ ތަނެކެވެ. ބަލިމީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިތިބެނީ އެމީހުންގެ ބައްޔަށް ފަރުވާ ހޯދުމަށެވެ. މިފަދަ ތަނަކުން ބައްޔަށް ފަރުވާލިބުމުގެ ބަދަލުގައި ބިރުވެރިކަން ފެންނަން ފެށުމަކީ ބަލިމީހާއަށްދެވޭ ވަރަށްބޮޑު ނަފްސާނީ އަނިޔާއެކެވެ. އެތަނަށްވަދެ އަޑުގަދަކޮށް މާރާމާރީ ހިންގައި ދުލަށް އައިހައި ހަޑިހުތުރުބަހެއް ބޭނުންކޮށްގެން ބާރުބާރަށް ހަޅޭލެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮވެއެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރަން ވާނީ ވަކިހައްދެއްގެ ތެރެއިންނެވެ. ހޮސްޕިޓަލްފަދަ މުޢައްސަސާ ތަކަށްވަދެ އަޑުގަދަކޮށް އެތަންތަނުގެ ހަމަހިމޭކަން ނަގާލުން އާންމުވާން ފަށައިފިނަމަ، މިކުޑަކުޑަ މުޖުތަމަޢުއިން އަމާންކަން އެއްކޮށް ގެއްލޭކަށް މާގިނަ ދުވަހެއް ނުނަގާނެކަން ޤައިމެވެ.
ހިޔާލު
އިރާދަކުރެއްވިއްޔާ ޔާމީނުގެ ސަޕޯޓަރުންނަށް މުޒާހަރާ ކުރަން ވަރަށްރަނގަޅަށް ދަސްވެއްޖެ. ހަޔާތުގެ ކުޑަވެސް ކަމެއް ނެތް. ބޯ……………………………
ކޮމެންޓް ކުރުން ބަންދު