"މެލެފިސެންޓް" ގެ ދެވަނަ ބައި އަންނަ އޮކްޓޯބަރު މަހު!

2014 ވަނަ އަހަރު ނުކުތް ޑިޒްނީގެ ފިލްމް “މެލެފިސެންޓް” ގެ ދެވަނަ ބައި “މެލެފިސެންޓް: މިސްޓްރެސް އޮފް އީވިލް” ރިލީޒްކުރުމަށް މިއޮތީ ކައިރިވެފައެވެ.

“މެލެފިސެންޓް: މިސްޓްރެސް އޮފް އީވިލް” ގެ އާ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލި ހިސާބުން ފޭނުން މި ފިލްމަށް ކުރަމުންދިޔަ އިންތިޒާރީއަށް އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ނިމުން އަންނާނެއެވެ.

މެލެފިސެންޓް” އަކީ ޑިޒްނީއިން ނެރެމުންއަންނަ ކާޓޫންގެ ލައިވް އެކްޝަން ފިލްމްތަކުގެ ތެރެއިން 1959 ވަނަ އަހަރު ރިލީޒްކުރި “ދަ ސްލީޕިން ބިއުޓީ” ކާޓޫންގެ މައްޗައް އުފައްދާފައިވާ ފިލްމެކެވެ.

ނަމަވެސް ޑިޒްނީގެ މިފަދަ އެހެން ފިލްމްތަކާއި ހިލާފަށް މި ކާޓޫންގެ ލައިވްއެކްޝަން ފިލްމް ގެނެސްދީފައިވަނީ “މެލެފިސެންޓް”ގެ ނަމުގައި ވާހަކަވެސް ބަދަލުކޮށްގެންނެވެ. އަދި މެލެފިސެންޓްގެ ރޯލު ކުޅެދީފައިވަނީ ކުޅަދާނަ ބަތަލާ އެންޖެލީނާ ޖޯލީއެވެ

މި ފިލްމްގެ ދެވަކަ ސީކުއަލްގެ ޓްރެއިލާ ފެށިގެންދަނީ، ޕްރިންސް ފިލިޕް، އަރޯރާގެ ކައިވެންޏަށް އެދި ޕްރޮޕޯޒްކުރާ މަންޒަރުންނެވެ. ނަމަވެސް މެލެފިސެންޓް މި ކައިވެންޏާއި ދެކޮޅުހަދާ މަންޒަރު ފެނިގެންދާއިރު، ޕްރިންސް ފިލިފްގް މަންމަ ގެ ފޮރުވިފައިވާ ހަގީގަތެއް ވާކަން ޓްރެއިލާއިން ފާހަގަވެއެވެ. އެހެންކަމުން މެލެފިސެންޓް މި ކައިވެންޏަށް ދެކޮޅު ހަދާއިރު، މިފަހަރުގެ ބައިގައި ފެނިގެންދާނީ ޕްރިންސް ފިލިފްގެ މަންމާއި މެލެފިސެންޓްގެ ދެކޮޅުވެރިކަމެވެ.

ލައިވް އެކްޝަން ރީމޭކްގައި ޕްރިންސް ފިލިޕްގެ ރޯލު އަދާކުރަނީ ހެރިސް ޑިކްސަންއެވެ. އަދި އަރޯރާގެ އެލް ފެނިންގްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ