ރަހްމަތްތެރިންގެ ގްރޫޕެއްގައި މިކަލަ ކޮންމެވެސް ރައްޓެއްސެއް އަބަދުވެސް އުޅޭނެއެވެ. އެއީ ޕެލޭން ރޭވުމަށްފަހު އެންމެ ފަހުވަގުތު އެ ޕްލޭން ކެންސަލްކޮށްލުމަށްފަހު ނިދާމީހުންނެވެ. މިކަމާއި ދެކޮޅުވާނެ މީހަކު ވަރަށް މަދުވާނެއެވެ. ސަބަބަކީ ކޮންމެ މީހަކުވެސް މިކަން ކޮށްފައިވާނެތީއެވެ.
ރަހްމަތްތެރިންނާއެކު ދަތުރަކު ދިއުމަށް، ނުވަތަ ރޭގަނޑު ފިނި ބުރު ޖަހާލުމަށް ނުވަތަ މޫދަށް ދާން ރާވަނީ އެންމެވެސް ވަރަށް ފޯރިއާއެކުއެވެ. އެހެންނަމަވެސް، ޕެލޭން ރޭވުމަށްފަހު ވަގުތު ޖެހުމާއެކު ގިނަ ފަހަރު ކޮންމެވެސްއެކަކު އަބަދުވެސް ޕެލޭން ފަނިކޮށްލަނީއެވެ. ބޮލުގައި ރިއްސާކަމަށްބުނެ ޕްލޭން ކެންސަލްކޮށްލުމަށްފަހު ނިދަނީއެވެ.
ޕްލޭން ރޭވުމަށްފަހު، އެތާކަށް ދިއުމަށް ނުވަތަ އެކަމެއް ކުރުމަށް ގިނަފަހަރު ގުޅާލާއިރު ފޯނެއް ނުނަގާނެއެވެ. ނުވަތަ ފޯނު އޮންނާނީ ނިއްވާލަފައެވެ. ނުވަތަ ގަސްދުގައި ނިދުމުގެ މަގުސަދުގައި ފޯނު ހަމަ ނިއްވާލަނީއެވެ. އަނެއް ދުވަހު އަހާލަމުން ދޮގު ހެދުމަށްފަހު ބޮލުގައި ރިއްސާތީ ނިދުނީ ކަމަށްބުނެ ދައްކާނީ ބަހަނާއެކެވެ.
މިގޮތަށް "ފޭކު" ޖެއްސުމަށްފަހު ޕްލޭން ކެންސަލްކޮށްލަނީ، ގިނަފަހަރު އެންމެ ފަހުވަގުތު ކަންނެތް ވުމުން ނުވަތަ ދާހިތްކެނޑުމުންނެވެ. ގިނަފަހަރުގައި އެހާ ފޯރިއާއެކު ފުރަތަމަކޮޅު ޕްލޭންއެއް ރޭވުމުން، އެންމެ ފަހުވަގުތު އެ ފޯރި ކެނޑެނީކަމުގައިކަމަށްވެސް ފަހަރުގައި ވެދާނެއެވެ.
ކޮންމެއަކަސް ރަހްމަތްތެރިންގެ ގްރޫޕަކުން މި ގޮތަށް ޕްލޭންއެއް ރޭވުމަށްފަހު ކޮންމެވެސް އަކަކު ޕްލޭން ކެންސަލްކޮށްލުމުން، ގިނަފަހަރު އޮންނާނީ ގްރޫޕްގައި ތިބޭ އެންމެންވެސް ފަހުވަގުތު ފަނިވެފައެވެ. އަދި އެންމެފަހުވަގުތު ދާނެ އެކަކުވެސް ނުވާނެއެވެ.




