ރ. ދުވާފަރު ހަރުގެއަކުން ބެޓެރި ދެބުރުމާ ވަގަށް ނެގި ދެމީހުން ހޯދައި ބުރުމާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، ދުވާފަރުގައި ހުރި ހަރުގެއެއްގައި ބާއްވައިފައި އޮތް މި ބެޓަރި ދެބުރުމާ ވަގަށް ނަގައިފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށެވެ.
އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިއަދު ހަވީރުގެ ވަގުތެއްގައި ދެބުރުމާ ހޯދާ ދެމީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރެހެނަކާއި އަދި އުމުރުން 25 އަހަރުގެ ދިވެހި ފިރެހެނެކެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



