ބައިސްކޯފުން ގެނެސްދެމުން އަންނަ ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ" ގެ ފިނާލޭ އެޕިސޯޑު މިރޭ ދެއްކުމަށް ހަމަޖެހިފާވާއިރު، ބައިސްކޯފު އެޕްލިކޭޝަންއަށް މައްސަލަތެކެއް ދިމާވެ، އެޕަށް ވަނުމުގައި ދަތިކެއް ދިމާވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ބައިސްކޯފުން ދެންމެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެޕްލިކޭޝަންގައި ހައި ޓްރެފިކިން މައްސަލަތަކެއް ދިމާވަމުންދާކަމަށާއި، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންކަމަށެވެ.
މިކަމާއި ގުޅޭގޮތުން ނަހުލާ ބުނީ، މިވަގުތު ބައިސްކޯފަށް ގިިނަބަޔަކު ވަންނަމުންދާތީވެ، އެޕަށް ވަނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބައިސްކޯފުން މި މައްސަލަ ހައްލުކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޕްލިކޭޝަންއަށް ވަދެވޭނެކަމަށް ބައިސްކޯފުން ބުނެފައިވެއެވެ.



