ސަލްމާނުގެ ބަދަލުގައި "އިންޝާﷲ" ފިލްމްގައި ރިތިކް!

ސަލްމާން ހާނާއި އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދާ ފިލްމު "އިންޝާﷲ" ގެ މަސައްކަތް މަޑުޖައްސާލާފައިވަނިކޮށް، މި ފިލްމްގެ ލީޑު ރޯލުން ދެން ފެނިގެންދާނޭ ސަލްމާން ޙާންގެ ބަދަލުގައި ރިތިކް ރޯޝަން ކަމަށް ހަބަރުތައް ފެތުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފިލްމްގެ މަސައްކަތް ހުއްޓިފައިވަނީ، ޑައިރެކްޓަރު ބަންސާލީ އާއި ސަލްމާނާއި ދޭތެރޭ ހިޔާލު ތަފާތުވެ ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.

އިންޑިއާގެ ނޫހަކުން ބުނެފައިވާގޮތުގައި، ސަލްމާންގެ ބަދަލުގައި ރިތިކް ރޯޝަން ލައިގެން ބަންސާލީ މިހާރުވަނީ ފިލްމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިއްމާފައެވެ. އަދި މިހާރު ވަނީ ބަންސާލީ އާއި ރިތިކް ބައްދަލުވެ މިކަމުގެ މަޝްވަރާތައްވެސް ކުރެވިފައިކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި "އިންޝާﷲ" ރިލީޒްކުރަން އެންމެ ފުރަތަމަ ނިއްމާފައިވީނަމަވެސް، ފިލްމްގެ ޝޫޓިން ހުއްޓާލާ ފިލްމްގެ މަސައްކަތް ފަހަތައް ޖައްސާފައިވާކަމަށް ސަލްމާން ވަނީ ބުނެފައެވެ. ނަމަވެސް ފިލްމްގެ މަސައްކަތް ހުއްޓާލ ކޮންސަބަބަކާއި ހުރެކަން ހާމަކޮށްފައެއް ނުވެއެވެ.

ބޮލީވުޑްގައި ނުފޫޒުގަދަ ތަރިންކަމުގައިވާ ސަލްމާން އަދި ރިތިކް އަކީ، އަދިވެސް ދެގޮތެއްނުވެ ފިލްމްތަކުގެ މަސައްކަތް ކުރަމުން އަންނަ ދެ ފަންނާނުންނެވެ.

މިއަހަރު ރިލީޒްކުރި ފިލްމް "ބާރަތް" އިން ސަލްމާން ޙާން އެންމެ ފަހުން ފެނިގެންގޮސްފައިވާއިރު، ރިތިކް އެންމެފަހުން ކުޅެފައިވާ ފިލްމަކީ "ސުޕަރ 30"އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ