ކޮލެޖްގައި އުޅުނުއިރު ރީތި އަންހެންކުދިން ދާ ބަހުން ދާން މަޑުކުރިން - އަމީތާބް ބައްޗަން

ބޮލީވުޑްގެ ދުވަސްވީ އަދި ލެޖެންޑްރީ އެކްޓަރު އަމީތާބް ބައްޗަން މިވަނީ، އޭނަގެ ކޮލެޖް ދުވަސްވަރުގެ ޝައުގުވެރި ވާހަކައެއް އާއްމުންނަށް ހިއްސާކޮށްފައެވެ.

އަމީތާބް ހުށައަޅައިދޭ އިންޑިއާގެ ރިއަލިޓީ ޝޯ "ކޯން ބަނޭގައި ކްރޯރްޕަޓީ" މި ޝޯގައި ވާހަކަ ދައްކަމުން އޭނަ ބުނީ، ކޮލެޖްގައި ކިޔަވަން އުޅުނު، ބަހުގައި ރީތި އަންހެންކުދިންނާއެކު ދަތުރު ކުރި ދުވަސްވަތުގެ ވާހަކަތައް ދައްކާފައެވެ.

އަމީތާބް ބުނީ، އޭނާ ދާ ކޮލެޖަށް ދަތުރުކުރާ ބަހަކީ، އެހެން ކޮލެޖެއްގެ ކުދިންވެސް ނަގައިގެން ދާ ބަހެއްކަމަށެވެ. އަދި އެ ކޮލެޖުން ބަހުގައި ދަތުރުކުރާ ދަރިވަރުންގެ ތެރޭގައި ވަރަށް ރީތި އަންހެންކުދިން އުޅޭއިރު، އެ ކޮލެޖުގެ ބަސް ސްޓޮޕަށް ކޮންމެ ދުވަހަކުވެސް އިންތިޒާރުކުރާކަމަށެވެ.

އަދި ކޮލެޖްއިން ގްރެޖުއޭޓް ވުމަށްފަހު، ވަޒީފައިގެ މައިދާނަށް ނުކުތް ދުވަސްކޮޅު، އެ ބަހުން ދަތުރުކުރި އަންހެކުއްޖަކާ ދިމާވުމުން، އެކުއްޖާ ވަރަށް ތަފާތު ވާހަކައެއް ހިއްސާކުރިކަމަށްވެސް އަމީތާބް ބުނުފައިވެއެވެ.

އެއީ އެކުއްޖާ ކޮންމެ ދުވަހަކުވެސް އޭނަގެ ރައްޓެއްސަކާއެކު ބަސް އަންނާނެ ވަގުތަކަށް އިންތިޒާރުކުރިކަމަށް އެ އަންހެންކުއްޖާ ބުނިކަމަށް އަމީތާބް ވަނީ ބުނެފައެވެ. އަދި އެ އަންހެންކުއްޖާ އިންތިޒާރުކުރީ އަމީތާބްގެ މޫނު ދެކިލުމަށްކަމަށްވެސް އެ އަންހެންކުއްޖަ އަމީތާބް ގާތު ބުނިކަމަށް އޭނާ ބުނެފައިވެއެވެ.

ބޮލީވުޑްގެ ސުޕަސްޓާ، އަމީތާބް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމް "ބަދްލާ" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    ކުށް ނުލައި ލިޔަން ނޭނގެނީތަ ހަމަ. ދެރަކަންކަން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ