ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް މިރޭ ސޮއިކުރައްވައިފިއެވެ.
އެމްއާރްއެމް އަކީ މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުން އިން އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެމްއާރްއެމް އަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.
މައުމޫނު މީގެކުރިން އުފެއްދެވި ޕީޕީއެމް އަލުން އަނބުރާ ލިބޭނެ ކަމުގެ އުއްމީދު ކުޑަވުމާ ގުޅިގެން، އާ ޕާޓީއެއް އުފެއްދުމަށް މައުމޫން ނިންމެވިއެވެ. ޕީޕީއެމްގެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއެވެ.
Raees Uz @maumoonagayoom MRM ah soikurehvun. pic.twitter.com/qMGR5uSLuY
— Maldives Reform Movement (MRM) ?? (@MRM_Office) February 22, 2019
އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއަށް ވީއިރު، މީގެކުރިން މައުމޫން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕީއެމް އުފައްދަވާފައެވެ.