"މެސީގެ އަހަރެން ރަނގަޅު ކޯޗަކަށް ހެދި"

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ސަބަބުން މަސައްކަތްތައް އިތުރުވެ، ރަނގަޅު މޮޅުކޯޗަކަށް ވުމަށް އެހީތެރިއަކަށް އޭނާވިކަމަށް ކުރިން ރެއަލްމެޑްރިޑަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ރެއަލްމެޑްރިޑްގައި ތިން ސީޒަނެއް ހޭދަކޮށްފައިވާއިރު މެސީއާއި ދެކޮޅަށް ގިނަ މެޗުތަކެއްގައިވަނީ ކޯޗުކޮށްދީފައެވެ.

"މެސީ ދުވަހަކުވެސް އަހަރެންގެ ޓީމަކަށް ނުކުޅޭ. އެކަމު އޭނާ ހުއްޓުވަން އަހަންނަށް ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން އަހަރެން މޮޅު ކޯޗަކަށްވި." ސްޕެއިންގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

މީގެއިތުރުން މޮރީނިއޯ ބުނީ، އޭނާގެ ކޯޗިން ކެރިއަރު އެހާ ފުރިހަމަވެގެން ދިޔައީ ކުޅުންތެރިންގެ މަސައްކަތުން ކަމަށާއި އޭގެތެރޭގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ އިތުރުން އިދިކޮޅު ޓީމުގެ ކުޅުންތެރިންވެސް ހިމެނޭކަމަށެވެ. އޭގެތެރޭގައި މެސީއާއި އަދި އޭނާއާއި ދެކޮޅަށް ނުކުތް އެހެން މޮޅެތި ކުޅުންތެރިންވެސް ހިމެނޭކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ބެންފީކާއިން ކޯޗިން ކެރިއަރުފެށި މޮރީނިއޯ މިހާތަނަށް ތަފާތު 7 ކްލަބަކަށް އިރުޝާދުދީފައިވެއެވެ. އޭގެތެރޭގައި ޗެލްސީ، ރެއަލްމެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑްފަދަ ބޮޑެތި ކްލަބްތައްވެސް ހިމެނެއެވެ.

ކޯޗިން ކެރިއަރުގައި ތަފާތު ކްލަބުތަކާއިއެކު ގިނަ ކާމިޔާބުތައް ހޯދައިފައިވާ މޮރީނިއޯއަކީ ދުނިޔޭގައިހުރި މޮޅެތި ކޯޗުންގެ ތެރެއިން ކޯޗެކެވެ. މޮރީނިއޯ މަޝްހޫރުވެފައިވަނީ 'ދަ ސްޕެޝަލް ވަން' ގެ ނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ