އާއެއްބަސްވުމާއެކު ޔުނައިޓެޑްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ޑެހެއާ!

އިންގްލޭންޑްގެ މެންޗެސްޓާ ޔުނައިޓެޑާއިއެކު ހެދި އާއެއްބަސްވުމާއެކު، އެކްލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ސްޕެއިންގެ ޑޭވިޑް ޑެހެއާ ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑާއިއެކު ޑެހެއާވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި މިއާއެއްބަސްވުމުގެ ދަށުން ޑެހެއާއަށް ކޮންމެ ސީޒަނެއްގައި 13.3 މިލިއަން ޕައުންޑު ޓެކްސްއަށްފަހު ގެންދަން ލިބޭނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑް ދޫކޮށްލަން ޑެހެއާ އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ މިދުވަސްވަރުގައި އޭނާ ކްލަބުގައި މަޑުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަށްއޮތްކަމަށްވެސް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާވަނީ މީގެކުރިން ބުނެފައެވެ.

އެތުލެޓިކޯ ދޫކޮށް 2011 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު އުމުރުން 28 އަހަރުގެ ޑެހެއާގެ ފަރާތުން މޮޅުކުޅުމެއް ފެންނަމުން އަންނައިރު، ޑެހެއާގެ މޮޅު ހުނަރާއެކު އެތަށް މެޗަކުން ޔުނައިޓެޑްވަނީ ސަލާމަތްކޮށްދީފައެވެ.

އެހެންނަމަވެސް މީގެކުރިން ސްޕެއިންގެ ރެއަލްމެޑްރިޑަށް ޑެހެއާ ވިއްކާލަން ޔުނައިޓެޑުންވަނީ މަސައްކަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ