ގެއްލުނު ޓެބްލެޓްގެ މައްސަލަ ހުށަނާޅަނީސް ހޯދައި ވެރިފަރާތާއި ޙަވާލުކޮށްފި

ގެއްލުނު ޓެބްލެޓެއްގެ މައްސަލަ ކަމާއިބެހޭ އިދާރާއަށް ހުށައެޅުމުގެ ކުރިން ފުލުހުން އެޓެބްލެޓް ހޯދައި އޭގެ ވެރިފަރާތާއި ޙަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 14 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ރޭ ފުލުހުން މަގުމަތިން ޕެޓްރޯލް ކުރަމުންދަނިކޮށް މަގުމަތިން ފެނުނު މީހެއްގެ ޢަމަލުތައްހުރިގޮތުން ޝައްކުކުރެވިގެން އޭނާ ބަލައި ފާސް ކުރެވިފައިވާކަމަށެވެ. އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ވަގަށް ނަގައިފައިވާ ޓެބްލެޓަކާއި 787.25 ރުފިޔާ ފެނިފައި ވާކަމަށެވެ.

ފުލުހުން އިތުރަށްބުނީ، ފުލުހުންކުރި މަސައްކަތުން މި ޓެބްލެޓުގެ ވެރިފަރާތް ހޯދައިފައި ވާކަމަށެވެ. އަދި މި ޓެބްލެޓަކީ ރޭ 20:30 ކަންހާއިރު ގެއަކުން ވަގަށް ނަގައިފައިވާ ޓެބުލެޓެއްކަން އިންގިފައި ވާކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ނުވާކަންވެސް ފުލުހުން ފާހަގަ ކުރެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރެހެނެކެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ