މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮއްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮއްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 12:45 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދަނިކޮށް، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަމުން ދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި ތުހުމަތު ކުރެވޭ ފަރާތުން އަނިޔާ ލިބޭ ފަރާތަށް ބިރުދައްކައި އޭނާގެ އަތުން އިތުރަށް ފައިސާ ހޯދަން މިއަދު އައުމުން ފުލުހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އަދި މި މީހާއަކީ މީގެ ކުރިންވެސް މަކަރާއި ހީލަތުން މީޙުންގެ އަތުން ފައިސާ ހޯދަމުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.



