ތުއްތު ކުއްޖާ ވެއްޓުނު މަސްފެންގަނޑު - ފޮޓޯ: ޕޮލިސް

ފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ސީރިއަސް - ފުލުހުން

ލ.ގަމުގެ ގެޔެއްގައި ހަދާފައިހުރި މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ތުއްތު ކުއްޖާގެ ޙާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިހާރު އެކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.

ލ.ގަމު ކައުންސިލްގެ މެންބަރު އިސްމާޢީލް ޒަކީ މިނޫހަށް ވިދާޅުވީ، އެރަށު ގެއެއްގައި ހަދާފައިހުރި ޕޮންޑަކަށް ވެއްޓުނު ދެއަހަރުގެ ކުޑަކުއްޖެއްގެ ޙާލު ސީރިއަސްވެ، އެރަށު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

އިސްމާޢިލް ޒަކީ އިތުރަށް ވިދާޅުވީ، މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނަގާފައިވާ މިހާދިސާގައި ފެންގަނޑަށް ވެއްޓުނު ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ޕޮންޑުގައި އޮށްވާ ފެނިފައިވަނީ އެކުއްޖާގެ މާމައަށްކަމަށާއި ފެންގަނޑުން ނެގި އިރުވެސް އެކުއްޖާގެ ހެއެއް ނެތްކަމަށެވެ. އަދި ފެން ގަނޑުން ނެގި ވަގުތު ހޮޑު ކަހަލަ އެއްޗެއް އެކުއްޖާގެ އަގައިން އައިސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އާންމުކޮށް މިޕޮންޑުގެ ފެންގަނޑުގައި އެކުއްޖާގެ އިސްކޮޅު ހުންނާނެކަމަށާއި، ނަމަވެސް ގިނަ އަދަދަކަށް އެރަށަށް ވާރޭވެހި ޕޮންޑުގެ ފެންގަނޑު އުފުލިފައިހުރިއިރު، އެކުއްޖާ ޕޮންޑު ތެރެއަށް ވެއްޓުނީކަމެއް ނުވަތަ އެރުނީކަމެއް ކަށަވަރު ނުވާކަމަށްވެސް އިސްމާޢީލް ޒަކީވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ