މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް ޤާނޫނުއަސީސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް ރައީސް ޔާމިނުގެ އަނިޔާވެރި ވެރިކަމަކަށް ނިމުންގެނެސް ދިވެހިން ޑިމޮކްރަސީއަށްކުރާ ލޯބި ހާމަކުރިކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްއިން މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވުމަށް މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
މިބަޔާނުގައި އެމްއާރުއެމްއިން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއްކަމަށާއި، އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރު ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 09 ވަނަ ދުވަސްކަމަށެވެ.

އެދުވަހަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމް އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީގެނައުމަށް މަގުކޮށައިދިން ދުވަސްކަމަށާއި، އިސްލާހީ އެޖެންޑާ އިން މަގު ފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމުގައިވެސް އެމްއާރުއެމްއިންވަނީ ވިދާޅުވެފައެވެ.

އަދި ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއްކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް އެމްއާރުއެމްއިންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްއާރުއެމްއިން ވިދާޅުވީ، މިއަދު ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި ޑިމޮކްރަސީ ނެގެހެއްޓުމަށް ދޭންޖެހުނު އެއްބާރުލުމެއް މިސަރުކާރަށް ދިނުމަށް ތައްޔާރަށް ތިބިކަންވެސް އެމްއާރުއެމްއިންވަނީ ފާހަގަކޮށްފައެވެ.





ހިޔާލު
Ladhehves nuganey dho meena mihen govaakah,javvah ,havayashehy kiyaa Hadi jahaa kithah meehunge furaana dhuvvaalaafa hiru **bbaareh mee