ނޫސްވެރިކަމުގެ ރަން ގަލަން ހާސިލުކުރެއްވި ފޮޓޯ ދޮންބެ - ފޮޓޯ: އަޙްމަދު ޝުރާއު

ނޫސްވެރިކަމުގެ ރަން ގަލަން 12 ފަރާތަކަށް އަރުވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން މިހާރު ކުރިއަށްގެންދާ 2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 12 ފަރާތަކަށް ނޫސްވެރިކަމުގެ ރަން ގަލަން އަރުވައިފިއެވެ.

ނޫސްވެރިކަމުގެ ރަން ގަލަން މިރޭ ލިބިލެއްވި 12 ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
1- އިބްރާހިމް ޒަކީ
2- މުޙައްމަދު އަފްސަލް
3- މުޙައްމަދު ވަޙީދު
4- މުޙައްމަދު ޝާހިދު
5- ޝެހެނާޒް ޢަބްދުއްރަޙްމާން
6- އިސްމާއިލް ޢަބްދުލްޣަފޫރު
7- މޫނިސާ ޢީސާ
8- ޖާދުﷲ ސަޢީދު
9- ޟަމްރަތު އަޙްމަދު
10- ހަފްސީ އަބްދުﷲ
11- އަޙްމަދު މުހުސިން
12- އަލީ ޔޫސުފް

މި 12 ފަރާތައް ނޫސްވެރިކަމުގެ ރަން ގަލަން އަރުވައިފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް އެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައިވަނީ ފާއިތުވި އަހަރު އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް އެވޯޑް ދީފަ އެވެ.

މިދިޔަ އަހަރު ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކޮށްފައިވަނީ ނުވަ ފަރާތަކުންކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ