އީޕީއެލް - އަނެއްކާވެސް އިދިކޮޅު ޓީމަށް ޑޭވިޑް ލުއިޒްގެ ހަދިޔާއެއް!

އިންގްލިޝް ޕްރިމިއާ ލީގުގައި ވެޓްފޯޑު އަދި އާސެނަލް ބައްދަލުކުރި މެޗުގައި އަނެއްކާވެސް ޑޭވިޑް ލުއިޒް އިދިކޮޅު ޓީމަށް ހަދިޔާއެއްގެ ގޮތުގައި ޕެނަލްޓީއެއްދީ މެޗު އެއްވަރު ވެއްޖެއެވެ.

ވެޓްފޯޑު ދަނޑުގައި ކުޅެވުނު މިމެޗު ވަރަށް ފުރިހަމައަށް އާސެނަލްއިން ފައްޓާފައިވާއިރު މެޗުގެ ފުރަތަމަ އާސެނަލްއިން ނިންމާލީ އޮބަމަޔާންގެ ދެލަނޑާއިއެކު 2-0 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މުޅިން އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ވެޓްފޯޑުންވަނީ އާސެނަލްއަށް ވަރަށް ޕްރެޝަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފަށް ކުޅެން ނުކުމެ ފުރަތަމަ 8 މިނަޓްގައި ލަނޑެއްޖަހައި ވެޓްފޯޑުންވަނީ ގޭމްގެ ތެރެއަށް ވަދެފައެވެ.

ވެޓްފޯޑުގެ މިލަނޑާއެކު އެކްލަބު ކުޅުންވެސް އިތުރަށް ވަރުގަދަވިއެވެ. ފުލުފުލުގައި އުފައްދަމުންދިޔަ ގިނަ ހަމަލާތައް ހުއްޓުވަމުންދިޔަ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ހެނދު ގޯހެއްގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑަކާއެކު ވެޓްފޯޑުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އާސެނަލްގެ ޕެނަލްޓީ އޭރިޔާ އެތެރެއިން ވެޓްފޯޑުގެ ރޮބާޓޯ ޕެރޭރާއަށް ޑޭވިޑް ލުއިޒްކުރި މިފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ފޮނުވާލާފައިވަނީވެސް ޕެރޭރާއެވެ.

ދެޓީމަށްވެސް އިތުރު ލަނޑުޖަހާނެ ފުރުޞަތުތައް ލިބިގެންގޮސްފައިވާއިރު، ވެޓްފޯޑަށް ލިބިފައިވާ ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފި މެޗު ނިމިގެންދިޔައި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ