ވީޑިއޯގެ ސްކްރީންޝޮޓެއް

ރިޟްވާން މައްސަލައިގައި މީހަކު ހޯދަން ވީޑިއޯ ޢާއްމުކޮށްފި

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިނގްސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ތަޙްޤީޤަށް ހޯދަން ބޭނުންވާ މީހެއްގެ ވީޑިއޯ ޢާއްމުކޮށް ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ވީޑިއޯ ޢާއްމުކޮށް ބުނެފައިވަނީ، އެ ވީޑިއޯއިން ފެންނަ މީހާއަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

"މި ޟީހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ މީހަކު ހުރިނަމަ، އެ މަޢުލޫމާތު މި ކޮމިޝަނަށް އަންގާލަދެއްވުން އެދި ދެންނެވިން." ކޮމިޝަނުން ވީޑިއޯ ޢާއްމުކުރަމުން ބުނެފައިވެއެވެ.

ވީޑީއޯއިން ފެންނަނީ ހުޅުމާލެ ފެރީ ޓާމިނަލްގެ ސައިކަލް ކިއުގައި ހުންނަ ޒުވާނެކެވެ. ރަތްކުލައިގެ ވޭބް ބްރޭންޑްގެ ސައިކަލެއްގައި ހުންނަ އެ ޒުވާނާއަކީ ބޮލުގެ އިސްތަށިގަނޑު ބުޅި، އަދި އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގުކޮށްފައި ހުރި ޒުވާނެކެވެ.

ރިޟްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓް ނިންމައި ތަޙްޤީޤާ ގުޅޭ މަޢުލޫމާތު އެ ކޮމިޝަނުން އާއްމުކޮށްފައިވާއިރު، ރިޟްވާން ރަހީނުކޮށްގެން ގެންގޮސް ކަންނެލި ދޯންޏެއްގައި މަރާލާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަޙްޤީޤުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ