އާރުސީސީއާއެކު ހެލްތް މިނިްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށް

ދިވެހި ރާއްޖޭގަ ކެންސަރ ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ރަސްމީކޮށް ބަދަލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއާއި، ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރ ވަނީ ބައިވެރިވެ ލައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މި އެއްބަސްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރީޖަނަލް ކެންސަރ ސެންޓަރ އަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ، ކެންސަރ ބައްޔަށް ފަރުވާދިނުމުގައި ވަރަށް ފުންނާބުއުސް އިންސްޓިޓިއުޓްއެކެވެ. މި ސެނޓަރުން ދެވޭ ޙިދުމަތްތަކުގެ ތެރޭގައި މިބަލި ދެނެގަނެ އެންމެ އެކަށޭނަ ފަރުވާދިނުމުގެ އިތުރުން މި ބަލިން ރައްކާތެރިވުމަށް ޢާންމުން ހޭލުންތެރިކުރުމާއި ރީހެބްލިޓޭޓް ކުރުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގައި ދެވޭ ކެންސަރު ބަލީގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ރީޖަނަލް ކެންސަރ ސެންޓަރގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި ޞިއްޙީ ޚިދުމތްތެރިން ތަމްރީން ކުރެވިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ