އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް - ފެށުން ފޮޓޯ: ވިސާމް

މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިވަނީ

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ޒުވާން ފަޅުވެެރިއެއްގެ ހާލު ދެރަވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލު ދެރަވެފައިވަނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 63 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ޢަރާތަރި" ނަމަކަށް ކިޔާ ދޯނީގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ޒުވާނާ ކުއްލިއަކަށް ހާލުދެރަވިކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 02:44 ހާއިރު ކަމަށާއި، އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"އެމްއެންޑީއެފް އަށް މަޢުލޫމާތު ލިބިފައިވަނީ އެޒުވާނާގެ ގައިން ކުއްލިއަކަށް ވާގި ދޫވީކަމަށް." އެމެއެންޑީއެފް އިން ވިދާޅުވިއެވެ.

އިރުއޮއްސި 06:34 ގައި އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް، ފާމުލަދޭރިއަށް ބަލިމީހާ ނަގާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ