ހ.އުޖާލާގޭގައި މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލައިގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ޕޮލިސް ކޮމިޝަނަރު އިސްތިއުނާފަށް ހުށަހެޅީ އެކަމުގައި ދޭން ކަނޑައެޅި އަދަބު ލުއިކަމުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހަތް ފުލުހުންނަށް ދިނުމަށް ޑިސިޕްލިނަރީ ކޮމެޓީން ދިނުމަށް ނިންމާފައިވަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި ދީފައިވާ އަދަބަށްވުރެ ލުއި އަދަބެއް ކަމަށެވެ.
"އެމައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުނާފަށް ހުށަހެޅުއްވީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން، މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަޅާފައިހުރި ފިޔަވަޅުތަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށްވުރެ ލުއިކަމަށް ޤަބޫލުފުޅުކުރެއްވޭތީ އަލުން ބަލައިދިނުމަށް." ފުލުހުން ވިދާޅުވިއެވެ.
މި ހަތް ފުލުހުންނަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ދިނުމަށް ނިންމާފައިވާ އަދަބަކީ، ޑީމޯޓިވޭޓްކޮށް ވަޒީފާ އަދާކުރާ ޑިޕޯޓްމެންޓް ބަދަލުކުރުމުގެ އިތުރުން އަހުލާޤީ ކުލަ އަދި މެޑަލް އަތުލުމަށެވެ.
މި ފުލުހުންގެ މައްސަލަ ފުލުހުންގެ މައްސަލަ ފުލުހުންގެ އިސްތިއުނާފު ކޮމިޓީގައި އޮތްއިރު، މި ފުލުހުންގެ ޖިނާއީ ތަޙްޤީޤު ނިންމައި، މައްސަލަ ވަނީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށްޓަކައި، ޕީޖީ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައެވެ.




ހިޔާލު
ބުރިން ހަންނަގާ އެއްމަސް ވަންދެން ދޮންދަގަނޑު ޖެއްސުން ކިހިނެއްވާނެބާ؟